މިއީ މި ސައިޓްގެ ކިޔުންތެރިއެއްގެ ރިކުއެސްޓަކަށް އެބޭފުޅާއަށް ދިމާވެފައިވާ ހަޤީޤީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. އަޅުގަނޑު އުއްމީދުކުރަނީ މިވާހަކަ ގެނެސްދީފައިވާގޮތް ކިޔުންތެރިންނަށާއި އަދި ” އާދު ” އަށް ކަމުދާނެކަމަށެވެ. ޝުކުރިއްޔާ…
**************************************************
އަހަރެންގެ އުމުރަކީ 21 އަހަރެވެ. އަހަރެންނަކީ މީގެ ފަސް އަހަރުކުރިން ލޯބީގެ ބިރުވެރި ކަންތައްގަނޑަކާއި ކުރިމަތި ލައިފައިވާ ޒުވާނަކީމެވެ. އަދިވެސް އެދުވަސްތައް އަހަރެންގެ ހިތުގައި ބިންވަޅުނެގިފައިވެއެވެ. އެއީ ތޯތޯ ވާހަކައެއް ނުނެވެ. އަހަރެންގެ އަމިއްލަ ވާހަކައެވެ. އަހަރެންގެ މި ނާޒުކު ހިތާއި ކުޅެފައިވާ އެ އަންހެން ކުއްޖާގެ ވާހަކައެވެ.
ޑިޔުޓީ ނިންމާލުމަށްފަހު ވަރުބަލިކަމާއި އެކު އަހަރެން އައީ ރޫމަށެވެ. އޭރު އަހަރެންގެ ރޫމުގައި އުޅޭ ދެތިން ސޮރަކު ބޭރުގައި ސިނގިރޭޓް ބޯން ތިއްބެވެ. އަހަރެން ފެނުމާއި އެކު އެކުދިން ހައި ޖަހާލިއެވެ.
” އޭ އާދު! އާދޭ އިހަށް މިތާ ޖައްސާލަން.. އަބަދު ގެސްޓުންނަށް ހިދުމަތް ކޮއްދިނަކަސް ނުވާނެއްނު.. އާދެބަލަ އަނގަތަޅާލަން.. ” އަކްރަމް މަޖާރާގަކަށް ބުނެލިއެވެ. އަހަރެން އެމީހުން ތިބި ތަނާއި ގާތްކޮއްލީމެވެ.
” މޯޑު މިހާރު ވާހަކަ ވެސް ކިޔާ… އެނގޭތަ ޑިޔުޓީ ނިމޭ ގޮތަށް އޮންނަނީ ކޮންމެވެސް ސައިޓަކަށް ވަދެ ވާހަކަ ކިޔަން.. މީ އަންހެން ކުއްޖެކޭ ދޯ މޯޑް… ” އަހަރެންނަށް ބަލާލަމުން އަކްރަމް އެހެން ބުނުމުން މޯޑް ހޭންފެށިއެވެ.
” އަންހެން ކުދިންނެއް ނޫނޭ ވަކި ވާހަކަ ކިޔާނީކީ.. ހަޤީޤީ ހާދިސާތައްވެސް ހިމަނާފަ ހުރޭ… މަ ދެން ލައިކްވާ ކަމެއް ވީމަ ކުރަނީ.. ” މޯޑް ދުންގަނޑު ބުރުވާލިއެވެ. އަހަރެން އެއްމިޔަކަމުން ހީލީމެވެ. ދެން ދަނީއޭ ބުނެ އަހަރެން ރޫމާއި ދިމާއަށް ހިނގައިގަތީމެވެ. އަދި ފެން ނުވަރާ އެނދުގައި އިށީނދެލީމެވެ. ދެލޯ މަރާލުމަށްފަހު ފުން ނޭވާއެއް ދޫކޮއްލީމެވެ. އަހަރެން ތަޖުރިބާ ކޮއްފައިވާ އެވާހަކަތައް އެހެން މީހުންނާއި ހިއްސާކޮއްލުމަށް އަހަރެން ބޭނުމެވެ. އަވަސް އަވަހަށް މޯޑު ކައިރިއަށް ދިޔައީމެވެ.
” ކޮބަ ކޮބާ؟ މީނަވެސް އެންމެ ފަހުން ކިޔާހިތްވީދޯ..” އަކްރަމް އަހަންނާ ދިމާކޮއްލިއެވެ.
” އަރާމަގު ޑޮޓް ކޮމް.. ދެން ހަވީރުގަވެސް ސަންގަވެސް ހުންނާނެ…. ” މޯޑް އަވަސް އަވަހަށް ބުނެލިއެވެ. އަހަރެން ކޮޓަރިއަށް ވަދެ ލެޕްނެގީމެވެ.
ތެދެކެވެ. އެކި އެކި ވާހަކަ ލިޔުންތެރިންގެ ވާހަކަތަކެވެ. ލޯބީގެ ވާހަކަ ތަކާއި ހިތާމަވެރި ވާހަކަތަކެވެ. ބިރުވެރި ވާހަކަތަކާއި ހަޤީޤީ ހާދިސާތަކެވެ. އަހަންނަކީ ވާހަކަ ލިޔަން އެނގޭ މީހެއް ނޫނެވެ. އަހަރެން ޖެހޭނީ މިކަމަށް ކޮންމެވެސް ކުއްޖަކު ގާތު އެދޭށެވެ. ކޮމެންޓް ލިޔުމަށް ދޫކޮއްފައިވާ ބައިގައި އަހަރެންނަށް ދިމާވެފައިވާ ހާދިސާއެއް ލިޔެދޭނަންތޯ ލިޔުންތެރިޔާގެ ގާތު އެހުމުން ޖަވާބުގައި ލިބުނީ އަހަރެންގެ ހިތް އުފާވާ ޖުމްލައެކެވެ. މެއިލްގެ ޒަރީޢާއިން އަހަރެންނަށް ދިމާވެފައިވާ ހާދިސާ އޭނައަށް ކުރުގޮތަކަށް ބުނެދިނީމެވެ. ދެން އަހަރެން އިންތިޒާރު ކުރީ އެވާހަކަ ކިޔާލަން ލިބޭނެ ދުވަހަކަށެވެ.
ކޮންމެ ދުވަހަކުވެސް އަޕްލޯޑް ކޮއްފައިވޭތޯ ބަލަމުން ދަނިކޮށް އެންމެފަހުން އިންތިޒާރުގެ ވަގުތު ނިމިއްޖެއެވެ. ހަމަޖެހިލުމަށްފަހު އަހަރެން ވާހަކައިގެ ތެރެއަށް ގެނބިގަތީމެވެ.
” އެއީ މީގެ ފަސްއަހަރު ކުރިއެވެ. އޭރު އަހަންނަށް ސޯޅަ އަހަރެވެ. އަހަރެންގެ ކިޔެވުމުގެ އެންމެ ފަހު އަހަރެވެ. އޭރުވެސް އަންހެން ކުދިން އަހަރެންގެ ރީތި ހަށިގަނޑާއިމެދު ތައުރީފް ކުރަމުންދާއިރު ބައެއް ފިރެހެން ކުދިން އެކަމާއި ހަސަދަވެރިވެއެވެ. އަހަރެންނަށް އަންހެން ކުދިންނަކީ މާ މުހިއްމު ބައެއް ނޫނެވެ. ވެދާނެއެވެ. އަހަރެންގެ މި ހިތާއި ކުޅެލެވޭ ވަރުގެ ކުއްޖަކު އަދި ނެތީއެވެ. ނޫނީ އެހާ ފުރިހަމަ ސިފައެއް ލިބިފައިވާ ކުއްޖަކު އަހަންނަށް އަދި ނުފެންނަނީއެވެ. ރަށްފުށުގެ އަންހެންކުދިން އަހަންނަށް ކަމަކު ނުދެއެވެ. ހިންދީ އަސަރުގަދަ ލޯބީގެ ހިންދީ ފިލްމުތަކުން ފެންނަ ރީތި ހިމަތޮޅި އަދި ހުދު ދޮންކަން ހުންނަ އަންހެން ކުދިން އަހަންނަށް ވަރަށް ކަމުދެއެވެ.
އެދުވަހުވެސް އަހަރެން އިނީ ފިލްމެއް ބަލާށެވެ. ހިންދި ފިލްމެކެވެ. އަހަރެންގެ ފޭވަރިޓް ކަރީނާ ކަޕޫރެވެ. އަހަރެން އިނީ މޮޔަވެފައެވެ.
” އޭ އާދު… ހިނގާބަލަ ދާން އަހަރެމެން ގެއަށް.. މިހާރު މަގޭ ދައްތަ އެބައިން މީރު މަޖާގަނޑެއް މޮޑެގެން……” ނަބީހް އައިސް އަހަރެންގެ ކޮނޑުގައި އެތިފަހަރެއް ޖެހިއެވެ.
” ހުއް ކަރީނާ ދޯ.. މީނަ އަބަދުވެސް އުޅޭނީ ކަރީނާގެ ފިލްމުތައް ބަލަން… ކުރްބާން… މުޖްސޭ ދޯސްތީ ކަރޯނގީ.. ކަބީޚުޝީ ކަބީޣަމް.. ތަލާޝް.. ކަމްބަތް އިޝްޤް .. ބޭވަފާ….” ނަބީހް އާޓާއި އެކު އަހަންނާ ދިމާކުރަމުންދެއެވެ. އަހަރެން ރުޅިއަންނަކަމަށް ހަދާލީމެވެ.
” އޭ.. ތިވަރަށް ނުބެވިޔަސް ނޫޅެމޭ ނުދާކަށް.. ކޮންމެހެން ކަރީނާގެ ފިލްމުތައް އިޝްތިހާރު ކުރަން އުޅޭނެކަމެއް ނެތް.. ހިނގާ ދަމާ.. ” ޓީވީ ނިއްވާލަމުން އަހަރެން ތެދުވީމެވެ.
އަހަރެމެން ތިބީ ނަބީ މެންގޭދަށުގައެވެ. ނަބީގެ ދައްތަ އަޝްކާ ވަރަށް މީރުކޮށް މަޖާމޮޑެދޭނެއެވެ.
” އަހަރެން ހިތައް އަރާ އަޝްކާ ކަހަލަ އަތްބެއް ލިބޭނެ ނަމައޭ…….” ނަބީހު ބުނެލިއެވެ. އަހަރެން ހެލެބެލި އޮށެއް ބިންމައްޗަށް ވައްޓާލަމުން ހީގަތީމެވެ.
” މިހާރު އަޝްކާ އާއި އަޅައިގަތީ… އެއީ ނަބީގެ ދައްތައޭ.. އިހަށް އިހުތިރާމް ކޮއްބަލަ..”
” އޭތް.. އެންމެ ދުވަހެއް ތަފާތު ވިޔަސް ދައްތައަކަށް ނުވާނެ އިނގޭ… އެހެން ނޫނަސް މީ ކަޒިން އޭ.. ކައިވެނި ހަލާލު ވާނެ ދޯ…..” ނަބީ އަޝްކާގެ ފަން އިސްތަށިގަނޑުގައި ފިރުމާލަމުން ބުނެލިއެވެ.
” ދެން ހެވޭ… ނޫޅެން ނަބީ އާއި އިންނާކަށް..އަދި ތިއުޅެނީ ގްރޭޑް ނައިން ގަ.. އިހަށް ކިޔަވާ…. ބަލާބަލަ އިނާދު މޮޅުކަން… އެހެން ނޫންނަމަ ނަބީވެސް އިނާދު އާއި އެއް ކްލާހެއްގައޭ ހުރީހީ.. ” އަޝްކާ ދިމާކޮއްލިއެވެ.
” އޭތް.. އެ އެއްނޫން ވީގޮތަކީ.. މަންމަ މެން އަހަރެން މާލެ ގެންގޮސްފަ ގެނައީ އެއްނު.. އާދު އެއީ ދެން މޮޅު މީހެއްވެސް ނުން..” ނަބީ މަޖާވެލާފައި އަހަންނާ ދިމާކޮއްލިއެވެ.
” ދެން ނިމުނީ ކައި… ” އަހަރެން ފެންބޮމުން ބުނީމެވެ.
” އައްދެ.. ހާދަ މަދުން ތިކެއީ.. އަޝްކާ މޮޑުނިއްޔާ އާދުއަށް ނުކެވި އެއް ނުހުންނާނެ… މަށަށް މީރުވެގެނެއް ނޫނޭ އެ މޮޑެދިނީ.. އާދު ކުރިން ދުވަހު މީރޭ ބުނީމަ..” ނަބީހް ބެލީ އަޝްކާ ރުޅިއެރުވޭތޯއެވެ. ކައިރީގައި ހުރި ފެންފުޅި ނަބީހް ބޮލަށް އޮއްސާލަމުން އަޝްކާ ދުއްވައިގަތެވެ. ނަބީހްވެސް އަޝްކާ ފަހަތުން ދުއްވައިގަތެވެ. އަހަރެން އިނީ ހޭށެވެ.
*********************
ޖެހިގެން އައި ދުވަހުވެސް ކްލާސް ނިމުމާއި އެކު ފޮތްތައް ބަހައްޓާފައި އަހަރެން ނަބީހްމެންގެއަށް ދިޔައީމެވެ.
” އަބަދު އަބަދު މިގެއަށް އަންނަނީ މަކައިރިއަށްތަ؟ ނޫނީ އަޝްކާ ކައިރިއަށްތަ؟ ” ނަބީހު ފުރަތަމަވެސް އަހަރެންގެ އަނގަ ބައްދާލިއެވެ.
” ނަބީއަށް އެނގެ އެއްނު އަހަރެން މިއީ އަންހެން ކުދިންގެ ކަމެއް ހުންނަ މީހެއް ނޫންކަން.. ދެން މަށާ އަޅުވާ ނުކިޔާތި އިނގޭ… ” އަހަރެން ސީރިއަސް ވުމުން ނަބީހްވެސް މައިތިރިވިއެވެ. އަހަރެމެން ދެމީހުން ތިބީ ނަބީހުމެންގޭގައި ހުރި ޖަނބުރޯލް ގަސްދަށުގައި އެލުވާފައިވާ އުނދޯލީގައެވެ.
” ކަލޭ ދެން ޑޮކްޓަރަށް ދައްކަބަލަ.. ލޯބި އެއީ ކޯއްޗެއްކަން ބުނެދޭނެ އެމިހުންވެސް… ނޫނީ މަންމަ ކައިރީ އަހާބަލަ.. މިހާރު ފުރާފުރިހަމަވެ ޓީނޭޖް ކަޓާއިރުވެސް މީހެއްދެކެ ލޯބި ނުވޭ.. ” ނަބީހް ވައްކަޅިން އަހަންނަށް ބަލާލިއެވެ.
” ސާބަސް ނަބީއަށް… އަދި ނުވެވިފަ ކޮބާތަ؟ “
” ކިޔެވުން ނިންމާލާފަ މުމްބާއީއަށް ދޭ ކަރީނާ މެން ހޯދަން… ” ހެމުން ހެމުން ނަބީހް ބުނެލިއެވެ.
އޭރު އަޝްކާ އަންނަތަން ފެނެއެވެ.
” އޭތް އަޝްކާ.. އާދު މިހުރީ އަޝްކާ ހޯދަން އައިސް…. ” ނަބީހު އަނެއްކާވެސް ދިމާކުރަންފެށިއެވެ. އަޝްކާގެ މޫނުމަތިން ލަދުރަކިކަން އަހަރެން ދުށީމެވެ.
” ނަބީ…. އަހަރެން ދެން ނަބީމެންނާއި އެކުއެއް ނޫޅޭނަން.. އަބަދު އަބަދު އަޅުވާކިޔަނީ…..” އަޝްކާ ތެދުވިއެވެ.
” އޭތް މަޑުކޮއްބަލަ އިހަށް… ހިނގާބަލަ އަހަރެމެންނަށް އެއްޗެއް ކިޔާލަދޭން.. ފިޝް ޕްރޮޖެކްޓް ހަދަން ޖެހޭތީ.. ” ނަބީހް ބުނެލިއެވެ.
އަހަރެންނަށް ހެވުނެވެ.
” އަޝްކާ އެއީ ދޮގެއް.. އޭނަ އެ އުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔައިން ހުއްޓުވަން…..” އަހަރެން އެހެން ބުނުމުން ވައްލޯ އަޅާލަމުން އަޝްކާ ދިޔައެވެ.
********************************
އަހަރެމެން ތިންމީހުން އުޅެނީ އަބަދުވެސް އެއްކޮށެވެ. އަހަރެމެން ފޮތްނުކިޔާ އަބަދު ކުޅިވަރުގައި އުޅޭތީ މަންމަ މެންވެސް އެއްޗެހި ކިޔާހަދައެވެ. އެކަމަކުވެސް ކްލާސް ނިމޭ ގޮތަށް ބޭނުންވަނީ މަޖާކުރާށެވެ. ސަކަރާތްޖަހާށެވެ.
” ސްކޫލްގަ ކިޔަވާފަ ކިހިނެތް ގޭގަ ކިޔަވާނީ.. މިރޭ ފޮތް ކިޔާނަމޭ.. ދުރަކަށްވެސް ނުދަން.. ނަބީ މެންގޭގަ މިތިބެނީ….” އަހަރެން އަވަސް އަވަހަށް ބުނީމެވެ. މަންމަ ރުއްސާށެވެ. މަންމަ އެއްޗެއް ނުބުނުމުން އަހަރެން ބާރު ފިޔަވަޅުގައި ހިނގައިގަތީމެވެ.
“މިރޭ އެބައޮތް ޝޯއެއް. ކޮންމެވެސް ބަޔަކު އައިސްގެން.. ދާންވާނެއެއްނު ދޯ… ” ނަބީ ބުނެލިއެވެ އަހަރެން ވެސް ވަރަށް ދާހިތްވިއެވެ.
” އާނ .. ދާންވާނެ.. އަޝްކާ ދާނެބާ؟ ” އޭރު އަޝްކާ އައިސް ހަމަވީއެވެ.
” އާނ އަހަރެމެން ދަންޏާ ދާނެ.. ” އަހަރެން ޔަޤީންކަން ދިނީމެވެ.
” ކޮންތާކަށް؟ ” އަޝްކާ މަޑުމަޑުން އަހާލިއެވެ.
” ޝޯ އަށް.. ދާނަންދޯ.. ” ނަބީހް އިނގިލި ދިއްކޮއްލަމުން އެއްސެވެ. އަޝްކާ ބޯޖަހާލިއެވެ.
” ޔެސް……” އަހަރެންނަށް މިހާރުވެސް ފޯރި އަރައިފިއެވެ.
” އޭތް… އާދު އާދޭ އިނގޭ މިގެއަށް.. އެންމެން އެއްކޮށް ދާނީ.. އެތަނުން ފެންނާނެ ދޯ އާދުގެ ބިޓުންތައްވެސް… ގައިމުވެސް މަގޭ ބިޓެއް ނުހުންނާނެ… އިނާ ވީ މާލޭގަ،،، ” ނަބީ ޖަނބުރޯލެއް އުފުރާލަމުން ބުނެލިއެވެ. އޭރު އަޝްކާވެސް މަތި ބަލަމުން ދެއެވެ.
” މަގޭ ބިޓުންނޭ.. މިހާރު މަގޭގެ އެއްވެސް ރެސްޕޯންސެއް ނުލިބޭތީ ނުކެރޭ ބަލާކަށްވެސް.. ސައިޒުގައޭ ތިބެންޖެހޭނީ… ” އަހަރެން ޖަނބުރޯލެއް ބިނދެލުމަށް ފުންމާލީމެވެ
**************************
އަށެއް ޖެހި އިރު އަހަރެން ހުންނާނީ ނަބީހު މެންގޭގައެވެ.
” އަޝްކާ ކޮޓަރީގަ ވީ.. ” ދެއަތުގައި ލޯޝަން ލަމުންލަމުން ނުކުންނަމުން ނަބީ ބުނެލިއެވެ. ހަމަ އެވަގުތު އަޝްކާ ކޮޓަރި ދޮރު ހުޅުވާލުމާއި އެކު ރޯޔަލްގެ މީރުވަހުން ގޭތެރެ އެއްވެސް ކޮއްލިއެވެ. އަޝްކާ ހާދަ ރީއްޗޭ މިރޭ އަހަރެންގެ ހިތައްވެސް އަރައިފިއެވެ. އޭނާ ލައިފައިވަނީ ކަކުލާ ހަމައަށް އަންނަ މަޑު ފެހިކުލައިގެ ހެދުމެކެވެ. އުނަގަނޑާއި ހަމައިގައި ބޮޑު ހުދުކުލައިގެ ޓައީއެއް ހަރުކޮއްފައި ވާއިރު އިސްތަށިގަނޑުވަނީ ވަޔަށް ދޫކޮއްލާފައެވެ. އަހަންނަށް ބަލާލެވުނެވެ. އަޝްކާވެސް ބަލާލީ އަހަންނަށެވެ.
” އެގާރަ ޖަހަންވާއިރަށް އަންނައްޗެ…” ކޮޓަރީގައި އޮވެފައި ނަބީގެ މަންމަ ގޮވާލިއަޑަށް އަޝްކާ އާނ އެކޭ ބުނެލިއެވެ.
އަހަރެމެން ތިންމީހުން ދިޔައީ ބަނދަރުމަތީގައި ހަދާފައިވާ ސްޑޭޖް ކައިރިއަށެވެ. ރީތި ލަވަތަކަށް ކަޕްލްސް ޕާރފޯމް ކުރަމުންދެއެވެ. އަހަރެމެން އެހިސާބަށް އަރާ ހަމަވި އިރު އިވޭ ލަވައަކީ ” ހާދަ ލޯތްބޭ ހާދަ ޗާލޭ ހިތް ނުދޭނީ ކާކުހޭ؟ ” މިލަވައިގެ އަޑެވެ. އަހަންނަށް ބަލާލެވުނީ އަޝްކާއަށެވެ. އަޝްކާވެސް ނަބީގެ ފުރަގަހުން ވާގޮތަށް އަހަންނަށް ބަލާލިއެވެ. އަހަރެމެން ދެމީހުންގެ މެދުގައި ކޮންމެވެސް ކަމެއް އެބަ ހިނގައެވެ. އެއްގޮތަކަށްވެސް ނޭނގެއެވެ. ވަނީ ކީއްބާވައެވެ؟ އަހަރެމެން ބޭނުންވީ ފޯރިނަގާ މަޖާކުރާށެވެ، ނަމަވެސް އެކަން ހަމަހިމޭންކަމަށް ބަދަލުވެއްޖެއެވެ.
” އޭ.. ހިނގާބަލަ އަތްޖަހަން.. ހާދަ ކަމެއް ނެތޭ……” ނަބީ އަހަރެމެން ދެމީހުންނަށް ބަލާލަމުން ބުނެލިއެވެ. އަހަރެމެންނަށް އެކަކު އަނެކަކަށް ބަލާލެވުނެވެ.
” އޭ ނަބީ،.. އާދު.. އާދޭ މިކޮޅަށް………” ޝާޒް ގޮވާލިއެވެ. ކްލާސް ކުދިން ބޮޑު ގުރޫޕެއް ހަދައިގެން މަޖާނަގަނީއެވެ. ނަބީ އެދިމާއަށް ދުއްވައިގަންނަމުން އަހަރެމެން ގާތުވެސް އަންނާށޭ ބުންޏެވެ. ނަމަވެސް އަހަންނެއް ނުދަމެވެ. ޖީބަށް އަތް ޖަހާލައިގެން އަހަރެން ހުރީމެވެ. ކުއްލިއަކަށް އަހަރެމެންގެ ކައިރިއަށް ބޮޑު ގުރޫޕެއް އައެވެ. ރަށުން ބޭރު މީހުންނެވެ. ޝޯ ބަލަން ކައިރި ރަށްރަށުގެ މީހުންވެސް އައިސް އުޅެނީއެވެ. އަޝްކާ އާއި އަހަރެންގެ ފަހަތުގައި މުޅިންވެސް ތިބީ ފިރެހެން ކުދިންނެވެ.
” އޭ ލޯބި ބިޓެއް މިހުރީ.. ހިނގާބަލަ ޖެހިލަން ކުޑަކޮށް…. ” ފަހަތުން ކުއްޖަކު ބުނެލިއެވެ. އަހަންނަށް ފަހަތް ބަލާލެވުނެވެ. އަދި އަޝްކާއަށް ބަލާލި އިރު އޭނާ ހުރީ އަހަންނަށް ބަލާށެވެ. އަހަރެން ދެ ފިޔަވަޅެއް އަޝްކާ އާއި ކައިރިއަށް އެޅީމެވެ. އަދި އޭނާގެ އަތުގައި ހިފާ އަހަރެންގެ ކުރިއަށް ގެނައީމެވެ. އަޝްކާގެ ބޯ އަރަނީ އަހަރެންގެ މެޔާއި ހަމައަށެވެ. އަޝްކާގެ އުނަގަނޑުގައި އަހަރެން ހިފާލީމެވެ. އަޝްކާ ބަލައިލީ ވަށައިގެންވާ މީހުންނަށެވެ. އެއްވެސް ބަޔަކަށް އަހަރެމެން ފާހަގައެއް ނުކުރެވެއެވެ. އަހަރެން އޭނާ ހިމާޔަތްކޮއްގެން ހުރީމެވެ.
” އެކުއްޖާގެ ބިޓޭ އެއީ.. ހިނގާ މިތަނުން ދާން.. ބޮނޑިއެއް ލިބިދާނެ.. ” ފަހަތުން ބުނިއަޑު އިވުނެވެ. އެގުރޫޕް ދިޔުމާއި އެކު އަހަރެން އަޝްކާގެ އުނަގަނޑުން އަތް ދޫކޮއްލީމެވެ. ދޫކޮއްލެވުނުކަން ނަސީބެވެ. ނަބީ އައިސް އަހަރެމެން ކައިރިއަށް ހުއްޓުނެވެ.
” އޭތް… ހިނގާ ދާން.. އެގާރަ ޖަހަނީ…….” ހަޅޭއްލަވާ ލަވާ ނަބީ ހުރީ ވަރުބަލިވެފައެވެ.
” ހިނގާ…..” އަވަސް އަވަހަށް އަހަރެން ބުނީމެވެ.
” ހާދަ މޫޑު ކަޓާފަ ދެމީހުންވެސް………” ނަބީ ކޯކް ފުޅިއެއް ކަނޑާލަމުން ބުނެލިއެވެ.
” އޭނ.. ނޫން.. ކަމެއްނުވޭ.. ކުޑަކޮށް ބޮލުގަރިއްސާތީ……….” އަހަރެން ދޮގުހެދީމެވެ.
” އާނ… އޭތް މާދަމާ ހެނދުނަށް ގޮވަން ނާންނާތި.. މާދަމާ ބަންދު ދުވަހެއްނު.. ” ނަބީ އަހަންނަށް ޖެއްސުމަށް ބުނެލިއެވެ. އަހަރެން ޒުވާބު ކުރާކަށް ނަހަދަމެވެ. ބޮލުން އާނ އެކޭ ބުނީމެވެ. އަޝްކާ އެއްވެސް އެއްޗެއް ނުބުނެ ހުރުމުން އަހަރެން ބުނީމެވެ.
” ދެން އަވަހަށް ނިދާލާ ގެއަށް ގޮސް… “
” އޭނ.. އެއްޗެއް ބުނިންތަ؟ ” ނަބީއަށް އަހަރެން ބުނީ ކޯއްޗެއް ކަމެއް ނޭނގުނެވެ އެއީ ނަސީބެކޭ އަހަރެންގެ ހިތައް އެރިއެވެ.
” މަ ބުނީ ޝޯ ވަރަށް ސަޅި ދޯއޭ…..’” ނަބީ ދިމާކޮއްފާނެތީ އަނެއްކާވެސް އަހަރެން ދޮގު ހެދީމެވެ. އަޝްކާ އަހަންނާއި ދިމާއަށް ބަލާލިއެވެ. އަހަރެން ދޮގުހެދީ ކީއްވެބާވައޭ އޭނާގެހިތައް އަރާކަން އަހަންނަށް އެނގުނެވެ. އެކަމަކު އަހަރެން ދެވަނަ ފަހަރަށް އޭނަ އާއި ދިމާއަށް ބަލައެއް ނުލަމެވެ.
************************
ނަބީހު ހޭލައިގެން ގަޑި ބަލާލިއެވެ. ގަޑިން މެންދުރުން އަނބުރާ އެކެއް ޖަހައިފިއެވެ. ދެލޯ އުނގުޅަމުން ނަބީހު ބޭރަށް ނުކުތެވެ. އޭރު އޭނާގެ މަންމަ ކާންހަދަން އުޅެއެވެ.
” މިޔަދު ހަމަ އަމިއްލައަށް ތެދުވަނީ ކިހާއިރެއް ވަންދެންތޯ ބަލާލަން ބޭއްވީ.. މިހާރު ގަޑިން އެކެއް ޖެހީ.. އަޝްކާ ކައިރީގަވެސް މަންމަ ބުނީ ނުގޮވާ ބާއްވާށޭ…” ނަބީހުގެ މަންމަ ސާމިޔާ ބުނެލިއެވެ. ނަބީހު ކާގެ ދޮރުމަތީގައި ހުއްޓިގެން ގައި ކަހަން ހުއްޓެވެ.
” ހޫމ.. މަންމަ ހާދަ ރަނގަޅޭ.. ކޮންމެ ދުވަހަކުވެސް ތިގޮތަށް އަހަރެން ބާއްވައްޗޭ… “
” އެހެންތަ؟ ހުންނަ ކަންނެތްކަން… ” ހެމުން ހެމުން ސާމިޔާ ބުނެލިއެވެ. ނަބީހު ބޭރު ބަލާލިއެވެ.
” މަންމާ… އާދު ނާދޭތަ މިޔަދު؟ “
” އާނ.. އިނާދު ނާދޭ މިޔަދަކު.. ޔަޤީނޭ ނިދާފަކަން އޮންނާނީ..” ކާންހެދުމަށްފަހު ނުކުންނަމުން ސާމިޔާ ބުނެލިއެވެ. ގިފިއްޔާއި ދިމާލަށް ނަބީހު ހިނގައިގަތެވެ.
ރީތި ވެލައިގެން ނަބީހު ނުކުތީ ބޭރަށެވެ. އޭރު އަޝްކާ ޖޯލީގައި އޮތެވެ. އަނގައިން ބަހެއް ނުބުނެއެވެ.
” އޭ އާދު.. ތީ ކޮންކަހަލަ މީހެއް.. މަ ނާންނާށޭ ބުނީމަތަ ނައިސް ތިހުރީ.. ހޭލެވުނީ ދެންމެގަ.. ހޭލިތަނުން މަންމަ ބޮޑު ބަޑިއެއް ޖަހައިފި..”
އަހަރެންގެ އެނދަށް ޖެހިގަންނަމުން ނަބީހު ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ.
” އަނގަ ގަދަވެގެން ބުނީނު ނާންނާށޭ… ” އަހަރެން ބޭނުންވަނީ ސަމާސާ ކުރާށެވެ. އަޝްކާ އާއި މެދު ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވާލުމަށެވެ.
” އާނ… އޭތް.. ހިނގާ ގޭދަށަށް ދަމާ.. އަހަރެން ކިޔާ ކިޔާ މަޖާގަނޑެއް މޮޑެއެއް ނުދިން… އާދު ބުނީމަ ކޮއްދީފާނެ.. ހިނގާބަލަ……..” އަހަރެންގެ ގައިގައި ޖަހާލަމުން ނަބީހު ބުންޏެވެ.
” މަވެސް އެހާ ކާހިތެއް ނެތޭ މަޖަލެއް.. ” އަހަރެން އުޒުރުވެރިވީމެވެ.
” ދެން ހިނގާށޭ…..” ފޫހިގޮތް ދައްކާލަމުން ނަބީހު ބުނެލިއެވެ. އޭނާ ކުރު ނުކުރާނެތީވެ އަހަރެން ތެދުވީމެވެ.
އަހަރެމެން ނަބީހުމެންގެއަށް ދިޔައިރުވެސް އަޝްކާ އޮތީ ޖޯލީގައެވެ.
” ދަރިފުޅާ ނަބީހު.. އާދެބަލަ މި ފޯނުބަލާ.. އަޝްކާ އަތަށް ގެންގޮސްދީ.. އަޝްކާގެ ދައްތަ.” ސާމިޔާ ގޭތެރޭގައި ހުރެފައި ގޮވާލި އަޑަށް ނަބީހު ދިޔައެވެ. އަހަރެން ޖީބަށް އަތްޖަހާލައިގެން ހުރެ ޖަނބުރޯލެއް ފެނޭތޯ ބެލިމެވެ. އަޝްކާ އަހަންނާއި ދިމާއަށް ބަލަހައްޓައިގެން އޮތެވެ. ނަބީހު އައިސް އަޝްކާއަތަށް ފޯނު ދިނެވެ.
” ކީކޭ ދައްތާ..”
” އަޝްކާ އަންނަންވީނު ދެން މާލެ.. މިހާރު ދެން އަންނަން ވީނު.. ” ދައްތަ ނުރުހުމުގެ ރާގަކަށް ބުނެލިއެވެ. އަޝްކާގެ މޫނުމަތިން ހިތާމައިގެ ކުލަވަރު ފާޅުވިއެވެ. އަހަރެންގެ ހިތް ނުތަނަވަސްވާންފެށިއެވެ.
” ނޫނެކޭ ދައްތާ.. މާލެ ދާހިތެއް ނުވޭ.. އެގާރަ އަށް ފާސްވިއްޔާ ނޫނީ ނުދާނަން…” އެ ޖުމުލައިން އަހަރެންގެ ހިތައް ފިނިކަމެއް ލިބުނީ ކީއްވެ ކަމެއް އަހަންނަކަށް ނޭނގުނެވެ.އަޝްކާ ފޯނު ބޭއްވުމުން ނަބީހު އެއްސެވެ.
” ދައްތަ އެއުޅެނީ އަޝްކާ މާލެ ގެންދަން ދޯ.. ” އަޝްކާ ބޯޖަހާލިއެވެ.
” އަހަރެމެންނަށް ކިޔަވަން ތިކަހަލަ ފުރުސަތެއް ލިބޭނަމަ ނުގޮހެއް ނުހުންނާނަން.. ނަބީ އަށް ފެންނަނީ ދާން..” ނަބީހު އޯގާތެރިކަމާއި އެކު ބުނެލިއެވެ. އަހަރެން އެއްޗެއް ނުބުނަމެވެ.
” ނަބީހޫ… ދޭބަލަ ރަހުމާނުބޭގެއަށް.. އެގޭގަ ވެއްޖެ މަންމަ ގަނެފަހުރި ކާށި ބަރޯއެއް.. ދޭބަލަ ގެނެސްލައިދޭން..” ސާމިޔާ ގޭގައި ހުރެގެން ބާރު ބާރަށް ގޮވިއެވެ،
” މަންމަ ވެސް ދެންދޯ… އޭތް އާދު މަ އަންނަންދެން މަޑުކުރާތި.. ” ނަބީހު ބާރު ބާރަށް ހިނގައިގަތެވެ. އަހަންނާއި އަޝްކާ އެކަނިވީއެވެ. ކުރިން މަޖާކޮށް ސަކަރާތްޖަހާ ދެމީހުން މިހާރު އަނގައިންވެސް ނުބުނެއެވެ.
” ކީއްވެ މާލެ ދާން އެއްބަސް ނުވީ؟ ” އަހަރެން އެހީމެވެ. ސީދާ އަޝްކާގެ ލޮލަށް ބަލަން އިނދެއެވެ.
” އެއީ… އާދު އާއި ދުރަށް ދާން ޖެހޭތީ…… ” ޖެހިލުމެއް ނެތި އަޝްކާ ބުނެލިއެވެ. އަހަރެން ސިހުނެވެ.
” އެއީ؟ ” އަހަރެންނަށް ބުނެވުނެވެ. އަޝްކާ އިސްޖެހިއެވެ.
” އެއީ… އަހަރެން… އަހަރެން ވަރަށް ލަދުވެސް ގަނޭ މިވާހަކަ ބުނަން… އެކަމަކު…. ” އަޝްކާ ހުއްޓާލިއެވެ.
” ބުނެބަލަ ދެން… އޭރުންނެއްނު އިނގޭނީ…” އަހަރެން ހުރީ އަޝްކާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.
” އަހަރެން ބޭނުމެއްނޫން އާދުގެ ޖަވާބެއް… އެކަމަކު ވާހަކައެއް ބުނެލަން ބޭނުން.” އަޝްކާ މަޑުމަޑުން ބުނެލިއެވެ. އަހަރެން ހިނިތުންވުމުގައި އިނދެ އޭނާއަށް ބަލަމުން ދިޔައީމެވެ.
” އަހަރެންނަށް…. އަހަރެންނަށް އާދުދެކެ ލޯބިވެވިއްޖެ… ” އަޝްކާ އަހަރެންނަކަށް ނުބަލައެވެ. އަހަރެން އެއްޗެއް ބުނުމާއި މެދު ވިސްނީމެވެ.
” ސޮރީ..”
ލަސްލަހުން އަޝްކާ އަނެއްކާވެސް ބުނެލިއެވެ
އަހަރެން ބަލާލީ ނަބީ އާދޭތޯއެވެ. ނަބީ ފެންނަން ނެތުމުން އަހަރެން އަވަސް އަވަހަށް ބުނީމެވެ.
” އެއީ މަޢާފަށް އެދެންޖެހޭ ވަރުގެ ކަމެއްތަ؟ އެކަމަކު އެއީ ކޮންމެހެންވެސް އަޝްކާއަށް ޖަވާބެއް ލިބެން ޖެހޭނެ ކަމެއް.. ” އަހަރެން ބޭނުންވީ އަޝްކާ ހިތްހަމަ ޖައްސާލަދޭށެވެ. އަޝްކާ ލަދުން ތެދުވިއެވެ. އޭނާ ބޭނުންވީ އަހަރެންގ ކުރިމަތިން ދާންކަން އަހަންނަށް އެނގުނެވެ. އަހަރެން އަނެއްކާވެސް ބުނީމެވެ.
” އައި ލަވްޔޫ ޓޫ… ” އަޝްކާއަށް އަހަރެންގެ ޖުމުލަ އިވުނު ނަމަވެސް އޭނާ ދުވެފައި ގެއަށް ވަނެވެ. އަހަންނަށް ހެވުނެވެ.
***************
އަހަރެން އޭގެ ފަހުން އަޝްކާ ނުފެންނަތާ ދެދުވަސް ވެއްޖެއެވެ. އަހަރެން ނަބީމެން ގެއަކަށް ނުދަމެވެ. އަޝްކާ ލަދުގަންނާނެތީއެވެ. އެކަމަކު އަހަރެންވެސް ލޯބިވާކަމަށް ބުނެ ފިލައިގެން ހުރުމުން އަޝްކާ ހިތައް އަރާނީ ކީކޭ ބާވައެވެ.
” އާދު.. މިހާރު މުޅިން މަށަށް މިގެއަށް އަންނަން މިޖެހެނީ…ކީއްވެތަ ނުދަނީ؟ އަޝްކާވެސް މިހާރު ސަކަރާތް ޖަހައެއްވެސް ނުހަދަ.. އޭނަވެސް އާދުވެސް ހީވަނީ ލަވްފީވަރ ޖެހިފަތިބިހެން.. ގަނޑުވެފަ.. މަ ހާދަ ފޫހިވެޔޭ.. ވަރަށް ވައި.. ” ނަބީހު އަހަރެންގެ ފޮތްތައް ހާކަން އިނދެ ކިޔަމުންދެއެވެ. އަހަރެން ބޭނުންވީ ނަބީހުއަށްވެސް އެކަން ސިއްރުކުރާށެވެ.
” އެގްޒާމް އަންނާތީ ބައެއް ފޮތްތައް މުތާލިޔާ ކޮއްލަން ޖެހޭތީ.. މަންމަ އަބަދު ފޮތްކިޔާށޭ ކިޔަނީ… ” އަހަރެން އޮޅުވާލީމެވެ.
” އާނ.. މަވެސް ދެން ޓެސްޓަށް ދަސްކުރަން ފަށަންވީ.. މި މަސްތެރޭގަ ކޭމްބްރިޖް ނިމޭނެ ދޯ އާދުމެން.. އެކަމު އަހަރެން އަދި އެއް އަހަރު އެބައޮތް.. ވަރަށް ފޫހި.. އާދުމެން މަޖާނަގާއިރު އަހަރެން ސްކޫލަށް ދާންޖެހޭނެތީ ވަރަށް ފޫހި.. ” ނަބީހު ބޭރަށް ނުކުންނަމުން ބުނެލިއެވެ. އަހަރެން މާބޮޑަކަށް އަޅައެއް ނުލަމެވެ،
އަހަރެން ފޮތަށް ބަލަން އިނަސް ވިސްނެނީ އަޝްކާ އާއި މެދުގައެވެ. އަހަރެން އަޝްކާ އާއި ވާހަކަ ދައްކާލަން ބޭނުމެވެ. އަޝްކާ ބޭނުން ކަމުގައި ބުނަން ބޭނުމެވެ. އޭރުން އަހަރެންގެ މައްޗަށް އަޝްކާގެ އިތުބާރު ލެނބިގެންދާނެއެވެ. އަހަރެން ތެދުވީމެވެ. އަދި ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީމެވެ. ގަޑިން ފަހެއް ޖެހުމާއި އެކު އަހަރެން ނުކުތީމެވެ. އަދި ނަބީމެންގެއަށް ދިޔައީމެވެ. އެގެއިން އަހަންނާ ފުރަތަމަވެސް ބައްދަލްވީ އަޝްކާ އާއިއެވެ. އަހަރެން ފެނުމުން އޭނާ ލަދުގެންފިކަން އެނގުނެވެ.
” އާދެބަލަ ޖަނބުރޯލު ގަސްކައިރިއަށް… ” އަހަރެން މަޑުމަޑުން ބުނީމެވެ. ގޭތެރެއަށް ބޯދިއްކުރަމުންނެވެ.
” ނަބީހުގެ މަންމަ އެބައުޅޭ.. އެތާ ދެމީހުން އެކަނި ތިއްބަ ފެނުނިއްޔާ ހިތްހަމަ ނުޖެހިދާނެ.. އަހަރެން ދަނީ.. ” އަޝްކާ ހިނގައިގަތުމުން އަހަރެން ބުނީމެވެ.
” މިރޭ ނަބީ މަންމަ ނަމާދަށް ދާ ގަޑީގަ މިގޭ އެފަރާތު ދޮންކެޔޮ ގަސްތައް ކައިރިއަށް އަންނާތި. އަހަރެން ދާނަން… ” އަހަރެން އެހެން ބުނުމުން އަޝްކާ ބޯޖަހާލިއެވެ. އަހަރެން އެއްލޯ މަރާލީމެވެ. އަޝްކާ ހިނިތުންވެލިއެވެ
އަހަރެން ހުރީ ގަޑި ބަލަބަލައެވެ. ބަންގި ގޮވާ ދުނިޔެއަށް އަނދިރިކަން ވެރިވުމާއި އެކު އަހަރެން ގެއިން ނުކުތީމެވެ.
އަހަރެން ގޮސް ހުއްޓުނީ ނަބީމެންގޭގެ ވަލުފަރާތުގައި ހުރި ދޮންކެޔޮ ގަސްތަކުގެ ކައިރީގައެވެ. އޭރު މަޑުފިޔަވަޅު ތަކެއްގައި ގެއިން ނުކުމެގެން އަޝްކާ އަންނަތަން ފެނުނެވެ.
އަޝްކާ އައިގޮތަށް އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެންގެ ނޭފަތުގައި މަޑުމަޑު ސެންޓްވަހެއް ޖެހުނެވެ. އަހަރެންގެ ދެއަތުން އަޝްކާގެ ހަށިގަނޑު ވަށާލީމެވެ.
” އަޝްކާ! ” މަސްތީ ގޮތަކަށް އަހަރެން ގޮވާލީމެވެ. އަޝްކާ އަހަރެންގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ. އަދި އަހަރެންގެ ގަމީހުން ދެތިން ގޮށެއް ނައްޓާލިއެވެ. އެއަށްފަހު އެ އަސަރުކުރުވި ތުންފަތް އަހަރެންގެ މޭގައި ޖައްސާލިއެވެ. އަހަރެންނަށް ލޯމަރާލެވުނެވެ. އަނދިރީގެ ތެރެއިން އަހަންނަށް އަޝްކާގެ މޫނެއް ނުފެނެއެވެ. އޭނާ އަހަރެންގެ ހަށިގަނޑުގައި ބީހެމުންދެއެވެ. އަހަރެންނަށް އަރާމެއް ލިއްބައިދިނެވެ. ކައިރީގައި ހުރި ފާރުގައި އަހަރެން ލައްވެގަތީމެވެ. އަޝްކާގެ ދެކޮނޑުގައި ހިފާ އަހަރެންނާއި ދުރުކޮށްލީމެވެ. އަދި ފަހަތަށް ދޫކޮއްލެވިފައިވާ ފަން ދިގު އިސްތަށިގަޑުން ފަރުދާ ކުރެވިފައިވާ ބުރަކަށި އިސްތަށިގަނޑު އެއްފަރާތްކޮއްލަމުން ކަޝްފުކޮއްލީމެވެ. އަދި އަހަރެންގެ ތުންފަތް ޖައްސާލީމެވެ. މަޑުމަޑުން އަޝްކާގެ ކަނދުރާގައި އަހަރެން ފިރުމާލީމެވެ. އޭނާ އަހަންނާއި ދިމާއަށް އެނބުރުނެވެ. އަދި އަހަރެންގެ އަތް ނަގާ އޭނާގެ މޫނުގައި ޖައްސުވާލިއެވެ. އަހަރެން އަޝްކާގެ އުނަގަނޑުގައި ހިފާ ގާތްކޮއްލުމުން އަޝްކާ ތެޅިގަނެފައި އަހަރެންގެ ގައިގައި ބާރަށް އޮޅުލައިގަތެވެ. އަދި އަހަރެންގެ ބުރަކަށްޓަށް އެ ޖާދުވީ ދެއަތުން މަސްތީގޮތަކަށް ފޮނިއަޅަމުންދެއެވެ. އަހަރެންގެ ދެއަތް ހަރަކާތްކޮއްލީ އަޝްކާގެ ބުރަކަށީގައި އަތް ޖައްސާލުމަށްފަހުގައެވެ.
” ތީ ހާދަ ކުޅަދާނަ ކުއްޖެކޭ.. މިހާ ދުވަހު އެއްކޮށް އުޅުނު އިރު ކީއްވެތަ ކުރިން އަހަންނަށް ނުވިސްނުނީ… ” އަހަރެންނަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ބުނެވުނެވެ.
” އެހާ ގިނަދުވަހަކު އެއްކޮށެއް ނޫޅެން.. އަދި އަލަށް މިރެ އެއްނު މި ދިމާވީވެސް.. އަހަރެންވެސް ހިތައް އަރާ ކުރިން އަހަންނަށް އާދު ފެނުނު ނަމައޭ.. މިހާރު އަހަރެން ބޭނުންވަނީ އާދު އަބަދުވެސް އަހަރެންގެ މީހެއްގެ ގޮތުގަ ހުންނަން.. ” އަޝްކާ ބުންޏެވެ. އަހަރެން ހީލީމެވެ. އަދި އިތުރަށް އަޝްކާގެ ހަށިގަނޑު ބާރުކޮއްލީމެވެ.
” ތިބުނީ މިގޮތަށް ނޫޅޭވާހަކަ ދޯ.. ދެން އަހަރެން މީ އަޝްކާގެ މީހެކޭ… ” އަހަރެން ލޯތްބާއި އެކު ބުނީމެވެ. އިޝާނަމާދު ބަންގި ގޮވުމާއި އެކު އަޝްކާ ތެޅިގަތެވެ.
” ދެން ދަނީ… އަވަހަށް އާދުވެސް ދޭ.. ނަބީގެ މަންމައަށް އެނގިދާނެ.. ދެން މިގެއަށް ނާންނައްޗޭ،، އެނގުނީމަ އެހާ ރަނގަޅެއް ނުވާނެ،، އެކަމު މާދަމާރޭވެސް ދެނަމާދު ދޭތެރޭގަ މިތަނަށް އަންނައްޗޭ..” އަޝްކާ އަހަރެން ފޮނުވާލުމަށް މަސައްކަތްކުރިއެވެ. އަހަރެންވެސް ދެކޮޅެއް ނަހަދަމެވެ. އަވަސް އަވަހަށް ހިނގައިގަތީމެވެ.
***********************
ޖެހިގެން އައި ދުވަހު އަހަރެން ނަބީމެންގެއަކަށް ނުދަމެވެ. އަޝްކާ ބޭނުންވާ ގޮތަށް ކަންތައް ކޮއްދޭން އަހަރެން ބޭނުންވެއެވެ. އެހެން ނޫނަސް އަހަރެމެން ކިޔަވާ ނިމުމުގެ ކުރިން އެނގުނިއްޔާ ދުރުވާންވެސް ޖެހިދާނެއެވެ.
” ދަރިފުޅު ކޮންމެ ދުވަހަކު މިސްކިތަށް ގޮސް ހާދަ ލަސްވަނީ މިހާރު.. ޤުރުއާން ކިޔަވަން އިންނަނީތަ؟ ” އަހަރެންގެ މަންމަ އެހިއެވެ
” ނޫން.. އާނ.. އިޝާނަމާދު ކޮއްލައިގެން އަންނަން މަޑުކޮއްލަނީ.. ” އަހަރެން ދޮގުހެދީމެވެ. އެކަމާ އަހަރެން ދެރަވެސް ވަމެވެ.
” ދުވާލުވެސް ބައްދަލްވާނެ ނަމަ…… ” އަޝްކާގެ ކަރުދަށުގައި ބޮސްދެމުން އަހަރެން ބުނީމެވެ. އަޝްކާ ހޭންފެށިއެވެ. އެވަގުތު މަތިން ދަތުރު ކުރި ގިނިހިލައެއް އަހަރެންނަށް ފެނުނެވެ.
” ހާދަ ތިރިންނޭ އޭތި އެދިޔައީ،.. ” އަހަރެންނަށް ބުނެވުނެވެ،
” އާނ.. އަޅާނުލާ. އަހަރެމެން އެހެން ތަނަކަށް ބައްދަލް ކުރަން ދާންވީނު…” އަޝްކާ ޚިޔާލެއް ދިނެވެ.
” ކޮންތާކަށް؟ “
” އާދުގެ ކޮޓަރިއަށް..” އަހަރެން ސިހުނެވެ. އަޝްކާ އެހާ ކުޅަދާނަވާނެބާވައެވެ.
” މަންމައަށް އެނގުނިއްޔާ ޔޯ..” އަހަރެންނަށް ބުނެވުނެވެ.
” ނޭނގޭނެ.. ޕްލީޒް……….” އަޝްކާ އާދޭސް ކުރުމުންވެސް އަހަރެން އެއްބަހެއް ނުވަމެވެ. އަތުންފައިން ގޯހެއް ހެދިދާނެކަން ޔަޤީންވާތިއެވެ. މިހާރުވެސް އަހަންނަށް ވުރެން ބޮޑަށް އަޝްކާ އަހަރެންގެ އިހުސާސްތަކާ ކުޅެއެވެ. އަހަރެން އެކަމާ އެއްބަހެއް ނުވަމެވެ.
” ހެވޭ ދެން.. އެކަމު މިތަނަށް އައުން ހުއްޓާ ނުލާތި…” އަޝްކާ ރުޅިމޫނު ހަދާލުމުން އަހަރެން އޭނާގެ ކޮލުގައި ދަތްއަޅާލީމެވެ. އަޝްކާ ހީގަތެވެ.
********************
ސްކޫލުންވެސް އަހަންނަކަށް އަޝްކާ ދިމަލެއް ނުވެއެވެ. އެތަނުން ބައްދަލް ކުރާތާ އެއް ހަފްތާ ވީ އިރުވެސް އެހެން އެއްވެސް ތާކުން އަޝްކާ ފެންނަ ގޮތެއް ނުވިއެވެ. ޓެސްޓް ފަށައިގެން އުޅޭތީ ނަބީވެސް ސްކޫލުން ދިމަލެއް ނުވެއެވެ. އަހަރެން އެގެއަށް ނުދާތީ ނަބީ ވެސް މިހާރު އަހަރެން ހޯދާކަށް ނާދެއެވެ. ޓެސްޓް ނިންމާލުމަށްފަހު އަހަރެން ނުކުންނަން ހިނގައިގަތް ވަގުތު ނަބީހު ފެނުނެވެ. އަހަރެން ވަރަށް ބާރަށް ގޮވާލުމަށްފަހު ބާރަށް ހިނގައިގަތީމެވެ.
” އޭތް.. ކޮބާ ކިހިނެތް؟ ” އަހަރެން ނަބީހުގެ ކޮނޑަށް އަތްވައްޓާލީމެވެ.
” ރަނގަޅު.. އެކަމު އަޝްކާ ވަރަށް ބަލި… ” އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ.
“ހަފްތާއެއް ވެއްޖެ އެފަކީރު އެނދުން ނުތެދުވާތާވެސް.. ބޮލެއްގަ ރިއްސާ މެ އެއްގަ ރިއްސަނީ.. އާދު ނުފެންނަ ވާހަކަވެސް ބުނި.. ކީއްވެތަ ދެން ނާންނަނީ.. ހިނގާބަލަ އަޝްކާއަށް ގޮވާލަންދާން.. ރައްޓެހިންނޯ މީ… ” ނަބީ ވާހަކަ ދެއްކިނަމަވެސް އަހަރެންނަށް ހުރެވުނީ ފާޑަކަށެވެ.
އަހަރެން ނަބީ އާއި އެކު އެގެއަށް ވަނީމެވެ. ތެދެކެވެ. އަޝްކާގެ ރީތި މޫނުވެސް ވަނީ މިލާ މޯޅިވެފައެވެ. އަހަރެން ފެނުމާއި އެކު އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. ނަބީ ދިޔައީ ގިފިއްޔަށެވެ. ފެންވަރާށެވެ. އަހަރެން އަޝްކާގެ އެނދުގެ މަގަތުގައި އިށީނުމުން އަޝްކާ އަހަރެންގެ އަތުގައި ހިފާލިއެވެ.
” ލަވް ޔޫ ޓޫ އޭ ބުނީ މަޖަލަކަށްތަ؟ އޭގެ ފަހުން ނުވެސް ފެނޭ.. ރުޅިއައިސްފަދޯ ތިހުރީ” އެ ޖުމުލައިން އަހަރެން ސިހުނެވެ. އެކަހަލަ ވާހަކަ އެދައްކަނީ ކީއްވެބާވައޭ އަހަރެން ހިތައް އެރިއެވެ.
” ނޫން.. ހަމަ ލޯބިވާތީ އެހެން ބުނީ.. އޭގެ ފަހުން ކޮންމެ ރެއަކު ބައްދަލްވެސް ކުރަމެއްނު.. ކީއްވެ ތިހެން ތިބުނީ؟ ” އަހަރެން އަޝްކާގެ ބޮލުގައި ފިރުމާލީމެވެ.
” ކީކޭ؟ ބައްދަލް ކުރަމޭ.. އަހަރެންނާ އާދު ބައްދަލްވީ ކޮން އިރަކު؟ އެދުވަހަށްފަހު އާދު ނުވެސް ފެނޭ.. އެރޭ ބައްދަލް ކުރަން ބުނީމަ އަހަންނަށް ނުދެވުނީމަ ރުޅި އައީތަ” ލަސްލަހުން އަޝްކާ ވާހަކަ ދައްކަމުންދެއެވެ. އަހަރެން ބިރުގަތެވެ. އަހަރެންނަށް އަޝްކާގެ އަތުން ދޫކޮއްލެވުނެވެ.
” އެއް ހަފްތާވަންދެން ބަލިވެ އޮތް އިރުގައިވެސް ނުބުނެ .. ކޮންމެ ރެއަކު ދޮންކެޔޮ ގަސްތައް ކައިރީ ބައްދަލްވެސް ކުރޭ.. ދެނަމާދު ދޭތެރޭގަ.. ” ދުރަށް ބަލަން އިނދެ އަހަރެން ބުނީމެވެ. އަޝްކާ މަޑުމަޑުން ތެދުވެލިއެވެ.
” ހަމަ ތެދަށޭ މިބުނަނީ.. އަހަރެން ނުދަން.. ގެއިންވެސް ނުނިކުންނަން.. ” އަޝްކާގެ ދެލޮލުން އޭނާ އެހަދަނީ ތެދުކަން އަހަންނަށް ހާމަވެއެވެ. އަހަރެން ބިރުގަތެވެ.
***********************
އަނދިރިވުމާއި އެކު އަހަރެން ހިނގައިގަތީމެވެ. އަވަސް ފިޔަވަޅުތަކާއި އެކު އަހަރެން ގޮސް އެތަނުގައި ހުރީމެވެ. ނޭވާ ހިފަހައްޓާލައިގެންނެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގަތީ ދޮންކެޔޮފީނި ތެރެއިން އަޝްކާ ނުކުތްތަން ފެނުމުންނެވެ. އަހަރެންނަށް ފަހަތަށް ޖެހެވުނެވެ. އެހެން ރޭރޭ އެ މޫނުމަތިން ފެންނަ އުފާވެރިކަމާއި ރޮމޭންޓިކް ކަމުގެ ބަދަލުގައި މިރޭ ފެންނަނީ ހިތާމައިގެ ކުލަވަރެވެ. އަހަރެންގެ ހިތައް ކެތް ނުކުރެވިގެން އަޝްކާ އާއި ދިމާއަށް ހިނގައިގަނެވުނެވެ. އެވަގުތު އަހަރެންގެ ކަންފަތް ތޮޅިލިއެވެ. މިޔަދު އަޝްކާ ބުނިޖުމުލައިގެ އަޑު އިވުނުކަހަލައެވެ.
” ތީ އަޝްކާ އެއް ނޫނެއްނު… ” އަހަރެންނަށް އަތްދިއްކޮއްލެވުނެވެ.
” އާނ.. އާދުއަށް އެނގިއްޖެ ދޯ އަހަރެން މިއީ އަޝްކާ ނޫންކަން.. އަހަރެން މިއި އަޝްކާއެއް ނޫން. އަދި އިންސާނެއްވެސް ނޫން.. ” އަހަރެންނަށް އެ ޖުމުލައިން ތެލިގަނެވުނެވެ.
” ބިރުނުގަނޭ.. އަހަރެން އާދުއަށް ދެރަގޮތެއް ނަހަދާނަން.. އަހަރެންގެ އަސްލު ސޫރަ ދެކެން ބޭނުންތަ؟ ” އޭނާ އަހަންނާއި ދިމާއަށް އަންނަން ފެށިއެވެ.
” ނޫން… ބޭނުމެއްނޫން… ” އަހަރެން އުޅުނީ ދުއްވައިގަންނާށެވެ. އެހެނަސް ލޯމަތިން އަޝްކާގެ ސިފައިގައި ހުރެފައި އެ އަންހެން ކުއްޖާ އެ ބަދަލުވީ ރީތި ކުއްޖަކަށެވެ. ދުނިޔެމަތިން އެހާ ރީތި ކުއްޖަކު ދުވަހަކުވެސް ނުދެކެމެވެ. ހެޔޮވަރުގެ އިސްކޮޅެކެވެ. ހަމުގެ ކުލަ ދޮނެވެ. އިސްތަށިގަނޑު ބުޅިވެފައި ދިގެވެ. ރީތި ތުންފަތެކެވެ. ދެރަވެފައި ހުންނަ އިރުގައިވެސް އެ މޫނުމަތީގައި ރީތި ގޮތެއް ހުރެއެވެ.
” އަހަރެން ދޫކޮއްފައެއް އާދު އަކަށް ނުދެވޭނެ..” އެކުއްޖާ ބުނެލިއެވެ.
އަހަރެން ދުއްވައިގަތީމެވެ. އަހަންނަށް އެނގެނީ އަހަރެންނަށް ނަބީމެންގެ ގެއަށް ވަދެވުނުކަމެވެ. ދެން ވީނުވީ އެއް ނޭނގުނެވެ. އަހަރެން އެންމެން ކައިރީވެސް ބުނީ ބޮލަށް އެނބުރުން އެރީކަމުގައެވެ. ނަމަވެސް ހަޤީޤަތް އެނގޭނީ ހަމައެކަނި އަޝްކާއަށެވެ.
**************************
” އަސްލުގަވެސްތަ؟ ތިކަމުން އަޝްކާއަށް ގެއްލުމެއް ލިބުމުގެ ކުރިން އަހަރެން ބޭނުން އަޝްކާ މިކޮޅަށް ގެންނަން… ” އަޝްކާގެ ދައްތަ ވާހަކަ ދެއްކިއެވެ.
” އެކަމަކު ދައްތާ… އަހަރެން ބޭނުން އާދު އާއި ގުޅިގެން އުޅެން.. ދައްތަ މިވާހަކަތައް ސިއްރު ކޮއްދޭތި..” އަޝްކާ ޝަކުވާކުރިއެވެ.
” އަޝްކާ… ތީ ވަރަށް ވަރުގަދަ ކަމެއް.. އެކަހަލަ ކަންކަމުގަ ވާނެ އެޅެން ހުރި ރައްކާތެރިކަމެއް އަޅަން..މީގެ ފަހުން އާދު އާއި ބައްދަލް ނުކުރާތި.. ބިރުގަނެބަލަ..”
ފޯން ބޭއްވުމަށްފަހު އަޝްކާ ގޮތެއް ކަނޑައެޅިއެވެ.
******************************
އަހަރެންނަށް ވީ ގޮތެއް އެކަކަށްވެސް ނޭނގެއެވެ. އަހަރެން އެއްވެސް މީހަކު ގާތު އެވާހަކައެއް ނުބުނަމެވެ. އެކަމަކު ބިރުވެރިކަން ހިތުން ފިލައިގެނެއް ނުދެއެވެ. ޓެސްޓް ނިމުނުކަންވެސް އެއީ އަހަރެންގެ ނަސީބެވެ. ގެއިން ނުކުންނަ ހިތެއްވެސް ނުވެއެވެ. އަހަރެން ވާހަކަ ނުދައްކާތީ މަންމަވެސް ޝަކުވާ ކުރެއެވެ. އަދި ނަބީހުވެސް އަބަދާއި އަބަދު ޝަކުވާ ކުރެއެވެ.
” އާދު.. އަޝްކާ ފުރައިފި… ” އަހަރެން ސިހުނީ ނަބީ އެހެން ބުނުމުންނެވެ. އަހަރެން ހިތުގައި ޖެހުނެވެ. ދެރަވިއެވެ. އެކަން އެހެން ވާނެކަން އަހަންނަށް ކުރިންވެސް އެނގެއެވެ. އަހަރެންނަށް އިތުރު ގޮތެއް ނެތެވެ. ނަބީއަށް ހުރިހާ ވަހަކައެއް ތެދަށް ކިޔައިދިނީމެވެ. ނަބީވެސް ގަތީ ބިރެވެ.
” އަނެއްކާ އަހަރެންނަށްވެސް ގޮތެއް ވެދާނެ،،،، ” ނަބީހު ހާސްވިއެވެ.
” ދެން އެންމެން އަހަރެން ދޫކޮއްލީމަޔޯ..” އަހަރެން ދެރަވެފައި ބުނީމެވެ. އޭރު އަނދިރިވަނީއެވެ. އަހަންނަށް ދުއްވައިގަނެވުނެވެ. ނަބީހުމެންގޭދަށަށެވެ. އަހަރެމެން ބައްދަލުކުރާ ލޯބީގެ މާލަމަށެވެ.
*********************
އެ އަންހެން ކުއްޖާ އަހަންނާ ރަނގަޅަށްވެސް އަޅައިގަނެފިއެވެ. އަހަރެންނަށް އެކުއްޖާ ފެނުމުން އެކުއްޖާ އާއި ދުރުވާހިތެއް ނުވެއެވެ. އޭނާގެ ރީތިކަން ބަޔާންކޮއްދޭނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންނަށް ފަންޑިތަހެދުމަށް މީހަކު ގެނައެވެ. ނަމަވެސް އެކުއްޖާ އަހަންނަށް އަޅައިގެންފައި ހުރިވަރުން ދުރުކުރުވަން އުނދަގޫ ވާނެކަމުގައިވެސް އޭނާ ބުންޏެވެ. އަހަރެން އަދިވެސް އޭނާ އާއި ބައްދަލް ކުރަމެވެ. ނަމަވެސް ފަންޑިތަ ހަދާ މީހާ އަހަރެމެން ދުރުކުރުވަނީއެވެ. އެކަން މިހާރު އަހަންނަށްވެސް ބޮޑު އުނދަގުލަކަށްވިއެވެ. ރަށުތެރޭގައިވެސް ވަނީ އަހަރެންގެ ވާހަކަ ފެތުރިފައެވެ. އަހަރެންގެ ކްލާސްމޭޓުން އެމީހުންގެ ބިޓުންނާއި ބައްދަލްކުރަން ދާން ފަސްޖެހުނުކަންވެސް އަހަންނަށް އެނގެއެވެ.
ދެނަމާދު ދޭތެރޭގެ ވަގުތެވެ. މިރެއަކީ އަހަންނާއި އެ ރީތި އަންހެންކުއްޖާ ވަކި ކުރާނެކަމަށް ފަންޑިތަހަދާމީހާ ބުނެފައި އޮތް ރެއެވެ. ތެދެކެވެ. މިހާރު އެކުއްޖާވަނީ އަހަރެން ނުފެންނަ ފަށަށް ދުރަށް ގެންގޮހެވެ.އަހަރެންނާ އޭނާ ވަކިކުރީ އޭނާ ރޮއިރޮއި ހުއްޓައެވެ. އަހަރެންނާ ވަކިވިޔަސް އެ ސޫރަ އަހަރެން ހަނދާން ކުރާނެކަމަށް އަހަރެންނަށް އަޑުގެ ކޮޅަށް ގޮވުނު ކަމުގައި ނަބީ ބުންޏެވެ.
އަހަރެންނަށް ހަމަ ދުނިޔެއަށް އާދެވުނު އިރު އަހަރެންގެ އަޝްކާ ވަނީ އަހަރެންނަށް ގެއްލިފައެވެ. އެކަމުން ސަލާމަތް ވީއިރު އަޝްކާ އަކީ މީހެއްގެ އަތްބެކެވެ. ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އަޝްކާ އަހަންނަށްޓަކައި މަޑުކޮއްލިނަމައެވެ. ވާނީވެސް އެހެންނެވެ. އަހަރެންގެ ހުރިހާ ލޯތްބަކާއި އުފަލެއް މި ހުރިހާ ދުވަހަކު ދެވުނީ އެހެން ފަރާތަކަށެވެ. އަހަރެންނަށް ޤަބޫލުކުރެވުނެވެ. އިންސާނުންގެ ލޯތްބަށްވުރެން ޖިންނީންގެ ލޯބި ވަރުގަދަވެފައި އަސަރުގަދައެވެ. އެއީ ވަރަށް ލޯބިވެތި ލޯތްބެކެވެ. އޭނާގެ ކޮންމެ ބީހުމަކީ އަހަންނަށް ހަނދާނުން ނުފޮހެވޭނެ ކަންތައްތަކެވެ. އަހަރެން އަސްލު އެ ލޯބި ބޭނުމެވެ. އެކަމަކު އެހެން އެކަން ވާކަށް ނެތެވެ. ގުޅެވޭކަށް ނެތެވެ. އެގޮތަށް ރުހެވޭކަށްވެސް ނެތެވެ.
***************************
ވާހަކަ ކިޔާ ނިމުނު އިރު އަހަރެންގެ ހަށިގަނޑުވަނީ ފިނިވެފައެވެ. އަތްފައި ގަނޑުވެފައެވެ. ހީވިއެވެ. އަހަރެން މިހުރީ އޭނާގެ ގާތުގައެވެ. ހިތައް އެރިއެވެ. އަހަރެންގެ މަތިން މިހާރު އޭނާ ހަނދާން ކުރާނެއެވެ. އެދުވަހު އޭނާ މަރައެއް ނުލައެވެ. އޭނާ އަންދައެއްވެސް ނުލައެވެ އެހެންކަމުން އަދިވެސް އޭނާ ދިރިހުންނާނީ އަހަންނަށްޓަކައެވެ. ޖިންނީންގެ ލޯތްބަކީ ވަރުގަދަ ލޯތްބެކޭ ބުނާތީ އަހަމެވެ. އެއީ ވާހަކަތަކުން ބުނާއެއްޗެއް ނޫނެވެ. އަހަރެންނަށް އެކަން ތަޖުރިބާ ކުރެވުނެވެ. އެންމެ ފަހުން ހިޔާލުތަކުގައި އޮވެފައި އަހަރެން ލެޕް ލައްޕާލީމެވެ. ކުޑަދޮރުން ހިޔަންޏެއް ވީހެން ހީވެގެން އަހަރެން ފުންމައިގެން ތެދުވީމެވެ. އޭރު އޭނާ މޫދާއި ދިމާއަށް ދެއެވެ. ހަމަ އެ ހެދުމުގައެވެ. ހަމަ އެ ބުޅި އިސްތަށިގަނޑެވެ. ކުޑަދޮރު ކައިރީ ބަލަހައްޓައިގެން އަހަރެން ހުރީމެވެ. އޭނާ ގެއްލުމުން އަހަރެންނަށް ހިނިތުން ވެވުނެވެ. އަދި ހިތާ ހިތުން ބުނެވުނެވެ.
” އަހަރެން ކަލާމަތިން ހަނދާންކުރާނަމެވެ. ” ކުޑަދޮރު ލައްޕާލި އިރު ލެޕް އިނީ ހުޅުވިފައެވެ. އަދި އެ ވާހަކައިގެ ނަން އިނީ ބަދަލުވެފައެވެ. ރަތްކުލައިން ލިޔެފައި އިނީ “އަހަރެން ކަލާމަތިން ހަނދާންކުރަމެވެ. ” އަހަރެންނަށް އަނެއްކާވެސް ހިނިތުން ވެވުނެވެ. އަހަންނަށް ޔަޤީނެވެ. އެންމެ ފުރަތަމަ އަހަރެން އޭނާ އާއި ބައްދަލްވިރޭ އޭނާގެ ފަރާތުން އެ ލިބުނު ބީހުން ދުވަހަކުވެސް އެހެން ފަރާތަކުން އަހަންނަކަށް ނުލިބޭނެއެވެ. އެރޭގެ ބީހުމެވެ. އަސަރުގަދައެވެ. ހިތްގައިމެވެ. އެއީ އަހަންނަށް އޭނަ ހާއްސަވާ ސަބަބެވެ.





ވ ފުރިހަމަ… އެންޖެލް ޔޫ އާ ގްރޭޓް.. ހަމަ ލިބުން އެންމެ މެއިލް އަކުން އޭނާގެ ވާހަކަ ތި ލިޔެލީ…
ކީޕް އަޕް ޔުއާ ގްރޭޓްް ވޯކް… ޔޫ އާ ސޯ ޓެލެންޓެޑް
ތޭންކިޔު ޖީސް…. ޖީސް އަބަދުވެސް އެންޖެލް ފޮނިކޮއްލާނެ. ހެހެހހެހެ ލަވް ޔޫ
ވަރަށް ރީތި މިވާހަކަ…..އަޅުގަނޑުވެސް ބޭނުން ހަގީގީ ވާހަކައެއް ކިޔައިދޭން……..ކިހިނެތް ހަދަންޖެހެނީ؟…
ވވ ތޭންކިޔު ލަހާ… އެހެންތަ؟ މަރުހަބާ ކިޔާނަން…ފަހުން ބުނާނަން އިނގޭ ހަދަންވީ ގޮތެއް..
angelchalaa029@gmail.com މމެއލްކޮއއްލލާާ
އަސްލުވެސް އެއީ ޖިންނި އެއްތަ އަދި މީ އަސްލުވެސް ރަށެއްގެ ކުއްޖެއްތަ
ނީން.. މިވާހަކަ އަކީ ކުއްޖަކަށް ދިމާވެފައި ހުރި ކަމެއް.. އެކުއްޖާ ބުނެގެން ސްޓޯރީ އެއްގޮތަށް މިހާދިސާ ލިޔެފަ މިއޮތީ… ހޫމ ހަމަ ރަށެއްގެ ކުއްޖެއް
ގޯޖަސް.. ލަވް އިޓް ދޫނި.. ވވވ ހަބޭސް ގެނެސް އިން ގޮތް ވެސް.. ވވވވވ ކިޔާހިތުން މިި ކިޔާލީ އެއްކޮށް ވެސް.. ކީޕް އިޓް އަޕް..
ތޭންކިޔު ނަފް ދޫނި…. ތޭންކިޔު ސޯމަޗް ލޯބީ
ވާ ވާ ވާ،،، ތީ ކުޅަދާނަ ލިޔުން ތެރިއެއް އިގޭ!!!!!!!!!!! ނިޒޫއަށް ޔަގީން ނަހޫމެންނަށް ވުރެ އެންޖެލް ސްވީޓީ މާ ކުޅަދާނަވާނެކަން،، އާދު ފޮނުވި މެއިލްއެއްގެ މަށްޗަށް ބިނާކޮށް މިހާ އަސަރުގަދަކޮށް ވާހަކައެއް ލިޔެވޭނީ ހާދަހާ މޮޅު ލިޔުން ތެރިއަކަށް ވީމައޭ،،،، ނިޒޫ ހަމަ ތަލިން ކުޅުހިކިފަ މިހުރީ،،،ބުނާނެ އެއްޗެއްވެސް ނޭގެ،އެހާވެސް ފުރިހަމަ،،ނިޒޫ ވަރަށް އުފާވޭ އެންޖެލްއަށް އެހާ ފުރިހަމަ ކޮށް ވާހަކަ ލިޔަން އިގޭތީ..
އަދި އެހާވެސް ސްވީޓް ސްވީޓް ވާހަކަތަށް ކިޔާލަން ލިބޭތީ…. ނިޒޫގެ ދުޢާއަކީ މިދާއިރާއިން(ރޮނގުން) އެންޖެލްއަށް އަދަށް ވުރެ ފަހިމާދަމައެއް ﷲ މިންވަރު ކުރެއްވުން،،، އަދި މިދާއިރާއިން ގިނަގުނަ ކާމިޔާބީތަށް އެންޖެލްއަށް ލިބުން،، ކީޕް އިޓް އަޕް،، ވީ އާރ އޯލްވޭސް ވިތު ޔޫ،،، ލަވް ޔޫ އެންޖެލް އެން އޯލްވޭސް ބީ ހެޕީ ލައިކް ދިސް

ދެން ގުޑް ނައިޓް ވިތު ލޮޓްސް އެން ލޮޓްސް އޮފް ސްވީޓް ސްވީޓް ޑްރީމްސް ޓ.ގ.ކ މިސް ޔޫ ސޯ މަޗް ޓާޓާ ބައި ބައި
ތޭންކިޔު ތޭންކިޔު ތޭންކިޔު ނިޒޫ ދޫނީ….. ވަރަށް އުފާވެއްޖެ އަދި ވ ހިތްވަރުވެސް ލިބިއްޖެ އިނގޭ…. މިހާރުވެސް މާ ބޮޑަށްވެސް ކާމިޔާބު ލިބިއްޖެ.. ތި ލޯބި ލޯބި ކޮމެންޓްސް ތަކުން މިހާރު ހިތް ފުރިއްޖެ.. ލަވްޔޫ ދޫނި
ވވވވވވވވވވވވވވވވވވވވވ ރީތި….. ހަަމަ ބުނާނެ އެއްޗެއް ނޭއގިފަ މިހުރީ……. އެންޖަލް ވަރަށް މޮޅު….
ތޭންކިޔު ކިޔުންތެރިޔާ…. ވވވވވވވވވވވވވވވވވވ ހެޕީ ވެއްޖެ
ހަމަ އަސްލަށް ވެސް އިންތަ ލެޕްގަ ނޭމް ބަދަލު ވެފަ. ވ ސަޅި
ހެހެހެހެ ނޫން … މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފަ އޮތް ވާހަކައެކެއްނު ދޯ..އެއީ އެންޖެލް އިތުރުކޮށްފަ ހުރި ވާހަކަތައް. އޭރުންނެއްނު ރީތި ވާނީ . ތޭންކިޔު އަންސް.. ހާދަ ދުވަހެއް ވެއްޖެޔޭ އަންސްގެ ހަބަރެއް ނުވަނީ
ވަރަށް ފުރިހަމަ ވާހަކައެއް… ކުޅަދާނަ ވާހަކަ ލިޔުންތެރިއެއް.. އަބަދުވެސް ތިގޮޮތުގަ ދެމިހުންނާތި… އަމީން ވެސް ބޭނުން ހަގީގީ ހަދިސާއެއް ހިއްސާ ކޮށްލަން، ކިހިނެއް ހަދާނީ ހިއްސާ ކޮށްލަން..
ވަރަށް ބޮޑަށް ތޭންކްޔޫ…. ވވ ހެޕީ އިނގޭ އަމީން…. ފަހުން ދޭނަން މެއިލް އެޑެއް….. މި ސްޓޯރީއަށް ދޭނީ.. ބަލާލާތި އިނގޭ
angelchalaa029@gmail.com މމެއިލްް ކޮއްްލާއނގޭ
ހެއި، ވ ސަޅި މި ވާހަކަ.
ހެއި ނިޔާ… އަނިޔާތަ؟ ވ ބޮޑަށް ތޭންކްޔޫ
ވަރަށް ފުރިހަމަ……އެންޖެލް އަސްލުވެސް ވަރަށް މޮޅު އިނގޭ…
ތޭންކްޔޫ ޒީ ދޫނީ
ވަރަށް ފުރިހަމަ ވާހަކަ އެއް……
ތޭންކިޔު ށިޒޫ
ވ ވ ވ ރިީތި މިވަާޙަކަ
ވވވވ ތޭންކްޔު ޝަފް
މިއީ ނިޒޫގެ ނަމުގަ ލިބިފައިވާ ކޮމެންޓެއް
************************
މިބުނީ ވާހަކަ ރީތިވިޔަސް ކޮމެންޓް ކުރާކުދިން އެހާވަރު ވޭހޭ!! އަނެއް ނިޒޫ ހީވަނީ…މީގެކުރިން ރީތި ވާހަކަ އެއް ނުކިޔާ ހުރިހެން ދޯ.. ގުޑުނައިޓާ،.ލޮޓްސް އޮފް ލޮޓަސް މަލާ..ސްވީޓް ސްވީޓް މަލާ ފޮނުވާފަ ހުރިވަރުން މާތްކަމޯ އޭބުނެލީ..
އެކި ކުދިންނަށް ރީތިވާނީ އެކި ވާހަކަ އެއްނު ދޯ… އެ ނިޒޫ އެއީ ވަރަށް މަޖާ އަނގަ ގަދަ ކުއްޖެއް.. އެއީ ނިޒޫގެ ސްވީޓް ސްޓައިލެއް.. އެހެންވެ އެހާ ސްވީޓްކޮށް ކޮމެންޓް ކުރަނީ.
މިއީ ނިޒޫ ގެ ނަމުގަ ލިބިފައި އިން ކޮމެންޓެއް
*************************
ކާުކުތަ މިހާރު އަނެއްކާ ނިޒޫގެ ނަމުގައި އެ ކޮމެންޓު ކޮށް އެ އޮތީ؟؟؟؟؟؟؟؟؟
“މާތްކަމޯ….. ހަމަދެން ތިހަވަރު ވާންޖެހޭބާ؟” އެ ކޮމެންޓް އެއީ މިނިޒޫ ކޮށްފަ އިންކޮމެންޓެއްނޫން އިގޭ އެންޖެލް ސްވީޓީ..ނިޒޫ ވެސް ގަބޫލުކުރަން އެއްނަން ކިޔާ ވަރަށް ގިނަ ކުދިން އުޅޭކަން،،އެކަމް އިއްޔެއާ ހަމައަށް ވެސް “ނިޒޫ” މި ނަމުނަމުގައި ކޮމެންޓް މިކުރަނީ އާއިޝަތު ނިޒްމީނާ، (ނިޒޫ) އެކަމް ދެން މިވީ ގޮތުން މިޖެހުނީ ނަން ބަދަލު ކުރަން ދޯ؟؟؟؟؟؟؟؟؟ މަށަކީ އެއް އިރެއްގައިވެސް ލިޔުންތެރިން އެކުރާ ބުރަމަސައްކަތް ބަލައިގަންނަން ނޭގިގެން އެމީހުންނަށް ހަޖޫޖަހާ ފާޑު ފާޑުގެ ފީކަޅާ ކޮމެންޓް ކުރާ މީހެއްނުން،،، އެހެންވީމަ ވަރަށް ރީތިކޮށް މިވާހަކަ މި ބުނެލީ އިގޭ!!!!!!!!!!! މި ސައިޓުގައި ހިމަނާ ވާހަކަތަށް ހުތުރު މީހުން އެވާހަކަތަށް ނުކިޔުން އެއީ ވަރަށް ރަގަޅު ގޮތެއްހެން ހީވަނީ،،އަސްލު މިއަދު މަށަށް މިހެން ބުނަން މިޖެހުނީ މި ގޮތަށް މިކަން ތަކުރާރު ވާތީ… މިވީ ގޮތުން ވަރަށް ފޫހިވެއްޖެ،،، ތަންކޮޅެއް ކުރިން މަގޭގެ ރައްޓެހި ކުއްޖަކަށްވެސް މިކަހަލަ ލަނޑެއް ކޮންމެވެސް މީހަކު ދީފި،،، މީ ދެން ކިހާ ބޮޑު ކަމެއް ދޯ؟؟؟؟ މިކަމަށް ކޮންމެވެސް ހައްލެއް ހޯދައިދިނުމަށް އަރާމަގު ޑޮޓް ކޮމްގެ މެނޭޖްމެންޓަށް ގޮވާލަން،،،، އަސްލުވެސް މަގޭ ވަރަށް ފޫހި ވެއްޖެ މިހެން މިކަން ތަކުރާރު ވާތީ،،، ދެން ނޭގެ މުޅި ރޭ އެއްކޮށް ހަރާބުވެ މޫޑް އޮފްވެއްޖެ
ހިތައްވެސް އެެރި އެހެން މީހެކޭ.. އެހެންވެ ރައްދު ދީފަ އިންނާނީ ސުވާލަކުން.. އެނގޭ ނިޒޫގެ ސްޓައިލެއް ނޫންކަން އެއީ… ހާސްނުވޭ ދޫނީ.. އެކި މީހުން ތަފާތު ވާނެ.. އަޅާނުލާ…
މިއީ ނިޒޫގެ ނަމުގަ ލިބިފައިވާ ކޮމެންޓެއް
ްތިނިޒޫއަށް ހިޔެއްނުވޭ މި ނިޒޫ އާ އެއްވަރަށް ސްޓޯރީ ކިޔާފަހުންނާނެ ހެންނެށް..ތޭންކިޔު ތޭންކިޔު ތޭންކިޔޫ އެންޖެލް ސްވީޓީ.. ޢެމް އޯލްވޭސް ވިތު ޔޫ…ދެން ގުޑް ނައިޓް ވިތު ލޮޓްސް އެން ލޮޓްސް އޮފް ސްވީޓް ސްވީޓް ޑްރީމްސް ޓ.ގ.ކ މިސް ޔޫ ސޯ މަޗް.. އުމް އުމްމްްމމމވަ، އުމްމްމްވާމމވވވ
ތޭންކިޔު… އެކަމު އަހާލަން ބޭނުންވަނީ ކީޢްވެހޭ ނިޒޫގެ ނަމުން ފުރަތަމަ ކޮމެންޓްކުރ ކުއްޖާ ޔާ ކުޑަކޮށް ދެބަސްވަނީ…. އެހެން ނަހަދާ އިނގޭ… އޭރުން އަހަރެމެންގެތެރޭގަ މިއޮތް ލޯބި ލޯބި އެކުވެރިކަން ފިލާދާނެ.. އެކި މީހުންނަށް ކިޔޭނީ އެކި ވަރަކަށްނު.. އަހަރެން ވަރަށް ވާހަކަ ނުކިޔަން.. ބައެއް ސްޓޯރީ ތައް ނުކިޔާ ލިޔުންތެރިޔާ އަށް ހިތްވަރު ދިނުމުގެ ގޮތުންވެސް ކޮމެންޓް ކޮއްލަން.. ހިތްވަރުލިބޭނީ ކިޔުންތެރިންގެ ފަރާތުންނެއްނު ދޯ.. ޓޭްކް ކެއަރ ނިޒޫ 2
މިއީ ނިޒޫގެ ނަމުގަ ލިބިފައިވާ ކޮމެންޓެއް.. ނިޒޫ 1
މަށަށް މަލާމަތް ކޮށްފަ ހުރި މީހާ ހީވަނީ ހަޖަމް ނުކުރެވިގެން އެވާހަކަ ލިޔެލާފަ އިންހެން،،، ދެރަކަމެއްނުން،،،ކަލޭވެސް ބޭނުމިއްޔާ އެ ހުރިހާ އެއްޗެއް ލިޔަން ވީނުން ދޯ؟؟؟؟؟؟؟؟؟؟؟؟ މަގޭ ކޮންމެ އެއްޗެއް ލިޔުނަސް އެއީ ކަލޭއަށް ކޮންބެހޭ ކަމެއް،،، ކަލޭގެ ކޮމްޕު ނޫނީ ލެޕްގައިވެސް ކީ ބޯޑެއް އެބަހުއްޓެއްނުންދޯ؟؟؟؟؟؟ ކަލޭވެސް ދެން ހަމަ ވަރުދައްކަ ދައްކާފަ ލިޔަންވީނުން ދޯ؟؟؟؟ ކާކުތަ ކަލޭ ކައިރީ ނުލިޔާށޭ ބުނީ؟؟؟ލިޔެބަލަ،،މަށަށް ވަރިހަމަ ތިންހަތަރު ޕޭޖްގެ ކޮމެންޓް ލިއުނަސް،، މަގޭ ތަނަތަނަކަށް ވައެއް ނާރާނެ އިގޭ!!!!!!!!!!!ހެހެހެހެހެހެހެހެހެހެހެހެހެހެހެހެ
ނިޒޫ ނިޒޫ ނިޒޫ ހަމަޖެހޭ ދޫނީ.. ދެކުދިން ބަސްއަހާބަަލަ… ލޯބި ނަމެއް ނިޒޫ.. އެހެންވީމަ ތީ ނިޒޫ 1 އެއީ ނިޒޫ ޓޫ.. އޯކޭ އެއްނު ދޯ ދޫނީ….. ޕްލީޒް ޕްލީޒް ޕްލީޒް ލަވްޔޫ
is this a fantasy or something vvv similar, i think its a fake bcox its too complicated
އާދު ކިޔާ ކުއްޖަކަށް ދިމާވެފައިވާ ހާދިސާއެއް ކަމަށް ބުނެ އާދު މެއިލް ކުރީ.. އޭނަގެ ޕޮއިންޓްތަކުގެ މައްޗަށް ބިނާކޮށް ލިޔެފައި އޮތް ވާހަކައެއް މިއީ.. އާދު ބުނީ މިއީ ހަޤީޤީ ހާދިސާއެކޭ.. ފިލްމުތަކުންނާއި ވާހަކަ ތަކުންވެސް މިފަދަ ހާދިސާތައް ފެނޭ…. އެހެންވެ ހީވެދާނެ ނިޒޫއަށް ތިހެންވެސް ދޯ…
އެ އެންޖެލް ވަރަށް ސަޅި އިނގޭ ! ޕްލީސް މި ކޮމެންޓް އެޕްރޫވް ކޮށް ދޭތި އިނގޭ
އޭ ޖޭ ގާލް ތޭންކްސް އިނގޭ.. މި ކޮމެންޓް އެޕްރޫވް ކޮއްދޭނެ އެއްނު ދެން.. ހެޕީ ތަ
ވާހަކަ ވަރަށް ފުރިހަމަ.. މީ ހަމަ އަސްލުވެސް ހަގީގީ ވާހަކައެއްތަ؟؟؟ ވ. ސަޅި މިވާހަކަ
ތޭންކްސް ރިޒް ދޫނި.. ހަޤީޤީ ވާހަކައެކޭ ބުނީ….
ވވވވވވވވވވވވވވވވވ ރީތި
ވވވވވވވވވވވވވ ބޮޑަށް ތޭންކްސް
ވަރަށް ސަޅި ވާހަކައެއް އެންޖެލް ވ މޮޅު (:
ތޭންކްޔު ފަޒީލް
ހެސްކިޔާފަ ސަޅި އޭ ޑިއާރ……………..ތީ ކުޅަދާނަ ލިޔުންތެރިއެއް………..މަވެސް ބޭނުން ވާހަކަ އެއް ކިޔާދޭން…..ލިޔެދޭނަން ތަ؟
thanks dear… aslu mihaaru bxy kamun v time nulibey.. miulheny site ah liyaa story ves nuliyevigen .. v lahun up kureveny ves. v v v bodah sorry dhooni